ޚަބަރު

ރާއްޖެ ވަށައިގެން އޮތީ ކޮވިޑް-19ގެ ތޫފާނެއް – މަބްރޫކް

ރާއްޖެ ވަށައިގެން އޮތީ ކޮވިޑް-19ގެ ތޫފާނެއް ކަމަށާއި ރާއްޖެއަށް ކޮވިޑް-19ގެ ސަބަބުން އޮތް ނުރައްކާ ކުޑަ ނުވާ ކަމަށް ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަަވަމުން މަބްރޫކް ވިދާޅުވީ، މާލެ ސަރަހައްދުގައި ހިންގި ކާފިއުގެ ވަގުތު އުވާލީ ކޮވިޑް-19ގެ ހާލަތު ރަނގަޅު ވެގެންނޫންކަމަށެވެ.

ކާފިއު ހިންގި ދުވަސްތަކުގައި ކާފިއު ވަގުތު ފިޔަވައި އެނޫން ވަގުތުތަކުގައި މަގުމައްޗަށާއި، ފިހާރަތަކަށް މީހުން ޖަމާވިވަރު މާ ގިނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިބަލީގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރު އެއްވެސް ވަރަކަށް ކުޑަ ނުވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ރާއްޖެ ވަށާއިގެން ތޫފާނެއް ގޮތަށް، ވަކި ގައުމެއް ނެތި ބަލި ފެތުރެމުންދާ ކަމަށެވެ. އަދި ދުނިޔޭގެ ނިސްބަތުން އިގްތިސާދީ ބޮޑެތި ގައުމުތަކުންވެސް ބައްޔާއި ދެކޮޅަށް ހަނގުރާމަ ނުކުރެވޭކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

މިބަލިން އަރައިގަނެވިއްޖެ ކަމަށް ހީކުރުމަކީ ހެދޭނެ އެންމެ ބޮޑު ގޯސްކަމަށާއި، މިކަމަށް ވީހާވެސް ބޮޑަށް ސަމާލުވެ، ވަކި ފަރުދުންގެ ގޮތުގައި އަދި ގައުމެއްގެ ގޮތުގައި މިބައްޔާއި މެދު ދެކޭ ގޮތް ބަދަލުނުކުރުމަށްވެސް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ އެދިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close