ޚަބަރު

ރައީސް ޔާމީން އިސްތިއުނާފް މަރުހަލާ ނިމެންދެން ގެއަށް ބަދަލުކޮށް ދިނުމަށް ރަސްމީކޮށް އެދޭނަން – ޑރ.ޖަމީލް

ރައީސްޔާމީންގެ އިސްތުނާފުގެ މައިގަނޑު ނުކުތާތައް މާދަމާ ކޯޓަށް ހުށަހަޅުއްވާނެ ކަމަށާއި ހުކުމް ތަންފީޒު ކުރުން ފަސްކުރުމާއި އެއާ ގުޅުން ހުރި ބެއިލްގެ މަސައްކަތްތައް މާދަމާ ކުރިއަށް ގެންދަވާނެ ކަމަށާއި، އަދި ރައީސް ޔާމީން އިސްތިއުނާފް މަރުހަލާ ނިމެންދެން ގެއަށް ބަދަލުކޮށް ދިނުމަށް ރަސްމީކޮށް ހޯމް މިނިސްޓަރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މާދަމާ ހުށަހަޅުއްވާނެ ކަމަށް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލު އެހެން ވިދާޅުވީ، ރައީސް ޔާމީން ބަނދު ކޮށްފައި ހުރި މާލޭ ޖަލަށް ވަޑައިގަތުމަށް ފަހުއެވެ.

ޖަމީލު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ގޮޅިއަކީ އިންސާނުން ބައިތިއްބަން އެކަށީގެންވާ ގޮޅިއެއް ނޫންކަމަށެވެ.

“އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވޭ. މިތަނުގައި ރައީސަކު ހުންނަން ޖެހޭ. އަދި ދައުލަތުގެ ހިދުމަތްތެރި ބޭފުޅަކު އެއްވެސް ބޭފުޅަކު ހުންނަންޖެހޭ ކަހަލަ ތަނެއް ނޫން މިތަނަކީ. މާލޭގެ މި ޖަލަކީ ހަގީގަތުގައި ހާލަތު ވަރަށް ގޯސް ތަނެއް. އަދި މިތަނުގެ ހާލަތު ރައީސްގެ ފަރާތުން އަޅުގަނދުމެންނަށް އެނގުނު ގޮތުގައި ނިދަން ބަހައްޓާ އެނދަކީވެސް ވަަރަށް އާދައިގެ އެނދެއް. ރަނގަޅަށް ހަށިކޮޅު ދަމާވެސް ނުލެވޭ ގޮތަށް ހުރިތަނެއް. ދެން ހަމަ މިތަނުގެ ފާހާނާގެ ހާލަތާއި ފާހާނާގެ ފްލެޝްވެސް ނުކުރެވޭ. ވަރަށް ދަށޫ ހާލަތެއްގައި ހުރީ. ހަމައެއާއެކު ހޫނު ފެނެއްވެސް ނެތް. އެހެންވީމަ ވަރަށް ދަތި ހާލާތެއްގައި ހުރި ތަނަކށް ވުމާވެސް އެކީގައި މިތަނުގައި ނުގެންގުލޭ އަޅުގަނޑުމެން އެދެނީ ވީހާވެސް އަވަހަކަށް ރައީސް ރަސްމީކޮށް އެހެންތަނަކަށް ގެންދާކަމަށްވަންޏާ އެތަނަކަށް ގެންދިއުން.”

ޑރ.ޖަމީޅް

މާލޭ ޖަލުގައި އެމަނިކުފާނު ބަހައްޓަވާފައިވާ ގޮޅީގެ ހާލަތު ހުރި ގޮތް ހާމަކުރައްވަމުން ޖަމީލު ވިދާޅުވީ އެތަނުގައި ރައީސް ނިދިކުރައްވަން ހަށިކޮޅު ދަންމަވާ ލެއްވޭނެ ޖާގަވެސް ނެތް ކަމަށާއި، ނިދިކުރައްވަން ބަހައްޓާފައި ހުރި އެނދަކީ ވެސް އާދައިގެ އެނދެއް ކަމަށެވެ. އޭގެ އިތުރުން އެތަނުގައި ހޫނު ފެން ލިބެން ނުހުންނަ ކަމަށާއި ފާހާނާ ފްލޭޝް ނުވާ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

މީގެ އިތުރުން ޖަމީލު ވިދާޅުވީ ރައީސް ޔާމީނަކީ މީގެ ކުރީގައި ވެސް އެފަދަ މާހައުލުތަކުގައި ބެހެއްޓުމުން ބައެއް ކަހަލަ ސިއްހީ ހާލަތްތަކެއް ދިމާވެފައިވާ ބޭފުޅެއް ކަމަށާއި، އަދި އެކަމަކީ ހިއުމަން ރައިޓްސް ކަމިޝަނުންނާއި ދައުލަތުން ގަބޫލުވެސް ކޮށްފައިވާ ކަމެއް ކަމަށެވެ. މިހާރު ރައީސް އެ މާހައުލުގައި ހުންނެވުމަށް ސިއްހީ ހާލަތު ތަން ނުދޭ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

ކަންބޮޑުވުންތައް ފާހަގަ ކުރައްވަމުން ޖަމީލު ވިދާޅުވީ ރައީސް ގެކޮޅުގައި ބަހައްޓަވައިގެން ޝަރީއަތުގެ އިސްތިއުނާފުގެ މަރުހަލާ ނިމޭނެ ގޮތަށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހަމައެއާއެކު ސިޔާސީ ބައެއް ބޭފުޅުން ގޭގައި ބަހައްޓާފައި އެބަ ތިއްބެވި ކަމަށް ޖަމީލު އިޝާރާތް ކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close