ވިޔަފާރި

ދިރާގު ޓީވީގެ ޚާއްޞާ ޕެކޭޖަކާއި ދެ އެޑް އޮންއެއް މިއަދު ތައާރަފްކޮށްފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން، ދިރާގު ޓީވީގެ އާ ޕެކޭޖަކާއި ދެ އެޑް އޮންސް މިއަދު ތައާރަފްކޮށްފި އެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ “ބޭސިކް”ގެ ނަމުގައި ތައާރަފްކުރި ޕެކޭޖްގައި ހިމެނެނީ 60 ޗެނަލާއި 20 އެޗްޑީ ޗެނަލް އަދި 4ކޭ ޗެނަލެއް ކަމަށެވެ. އެ ޕެކޭޖް ވިއްކަނީ 300ރ. އަށެވެ.

ދިރާގުން ވަނީ އެ ޕެކޭޖްގެ އިތުރުން “އެކްސައިޓްމަންޓް” އާއި “ފަން”ގެ ނަމުގައި ދެ އެޑް އޮން ވެސް ތައާރަފްކޮށްފަ އެވެ. އެގޮތުން 22 ޗެނަލް ހިމެނޭ އެކްސައިޓްމަންޓް އެޑް އޮން ލިބެނީ 120ރ. އަށެވެ. އަދި 10 ޗެނަލް ހިމެނޭ ފަން އެޑް އޮން ލިބެނީ 99ރ. އަށެވެ.

ދިރާގު ޓީވީން ވަނީ އެންމެންނާ ވެސް ގުޅޭ ކަހަލަ ގިނަ އަދަދެއްގެ ޗެނަލްތަކެއް ތައާރަފްކޮށްފަ އެވެ. އެގޮތުން އޭއެކްސްއެން އާއި ޑިޒްނީ އިންޓަނޭޝަނަލް، ޓެން ސްޕޯޓްސް، ސޮނީ އީއެސްޕީއެން، ލައިފްޓައިމް، ސެޓް، ކަލާސް، ހިސްޓްރީ، އެމްޓީވީ، ކޮމެޑީ ސެންޓްރަލް، ނިކެލޮޑިއަނ،ް ޓައިމްސް ނައު، ބީބީސީ އާތު ފަދަ އެތައް ޗެނަލެއް ހިމެނެ އެވެ.

އެ ކުންފުނިން ބުނީ ފިކްސް ބްރޯޑް ބޭންޑްގެ ހިދުމަތް ލިބޭ ރާއްޖޭގެ 50 އަށް ވުރެ ގިނަ ރަށްރަށަށް ދިރާގު ޓީވީގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close