ޚަބަރު

ޝައިޚް ނިޝާން ގެ ވަރަށް ޚާއްޞަ ދަރުސްތަކެއް ނ.ވެލިދޫގައި ބާއްވަނީ

ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާންގެ ވަރަށް ޚާއްޞަ ދަރުސްތަކެއް ނ.ވެލިދޫގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ދަރުސް ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 31 ޖެނުއަރީ 2019 ން 2 ފެބުރުވަރީ 2019 ގެ ނިޔަލަށެވެ.

ޕާތް އޮފް އިސްލާމް ޖަމްޢިއްޔާއިން ނާރެސް އަށް މަޢުލޫމާތު ދެއްވިގޮތުގައި މި ދަރުސް ޕްރޮގުރާމުގެ މައިގަނޑު މަޤްޞަދަކީ ނ.ވެލިދޫ ރައްޔިތުންނަކީ އިސްލާމްދީނަށް ލޯބިކުރާ ދީނުގެ އެންމެހާ ކަންކަމަށް ބޯލަނބާ ކިޔަމަންތެރި މުޖުތަމަޢަކަށް ހެދުމާއި މީގެ އިތުރުން ދީނީ ގޮތުން އޮޅުން އަރާ މައްސަލަތައް ޙައްލުކޮށް ރައްޔިތުންނާއި ގާތުން ދީނުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

ދަރުސް ޕްރޮގުރާމް ޝެޑިއުލް ކުރެވިފައިވާގޮތް ވަރަށް އަވަހަށް ވެލިދޫގެ ރައްޔިތުންނާއި ޙިއްސާކުރައްވާނެކަމަށްވެސް އެ ޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވައެވެ.

ޕާތް އޮފް އިސްލާމްއަކީ ޢާޢްމުން ދީނީކަންކަމަށް ހޭލުންތެރިކުރުވާ އިސްލާމްދީނާ ޚިލާފު ޚުރާފާތްތަކާއި، މުންކަރާތްތައް ހުއްޓުވުމަށްބާރު އެޅުމަށް މަސައްކަތްކުރުމުގެ މަޤްޞަދުގައި ރަޖިސްޓްރީކޮށްގެންހިންގާ ދީނީ ޖަމްޢިއްޔާއެކެވެ. މިޖަމްޢިއްޔާގެ ފަރާތުން އަންނަނީ ދިނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ތަފާތު ޙަރަކާތްތައް ހިންގަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close