ވިޔަފާރި

ހަމީދު އިންވެސްޓްމެންޓުން ލަންދޫގައި ބޭއްވި ރޯދަސޭލު ލަކީޑްރޯގެ ވަނަތައް އިއުލާންކޮށްފި

ރާއްޖޭގައި އިމްޕޯޓް މުދާ ވިއްކާ އަމިއްލަ ކުންފުންޏެއްކަމުގައިވާ “ހަމީދު އިންވެސްޓްމެންޓުން” ނ.ލަންދޫގައި ބޭއްވި ރޯދަސޭލް ލަކީޑްރޯގެ ވަނަތައް އިއުލާންކޮށްފިއެވެ.

ބަދިގޭ ސާމާނާއި، އަންނައުނާއި، ކުޑަކުދިނާއި ބޮޑެތި މީހުންގެ ފައިވާން ފަދަ ތަފާތު ސާމާނު އެކުލެވިގެންވާ މިސޭލް ކުރިއަށް ގެންދިޔައީ އިއްޔެއާއި މިއަދުއެވެ.

ލަންދޫރައްޔިތުންގެ ތެރެއިން ގިނަޢަދަދެއްގެ ބަޔަކު ވިޔަފާރި ކުރި މިސޭލްގެ ގުރުނެގުން އޮތީ މިއަދު ހަވީރު 5:30 ގައި ލަންދޫ ގުލްބަކާގެ ގޯތިތެރޭގައެވެ.

ލަކީޑްރޯގެ 1 ވަނައަށް ހޮވިގެން ރޮށިހޫނުކުރާ ތަށިސެޓް ލިބުނީ ނ.ލަންދޫ އާސިއާން ތަސްލީމާ އަބޫބަކުރަށެވެ. ދެވަނައަށް ހޮވިގެން ފާރުގައި ބަހައްޓާ ގަޑި ލިބުނީ ލަންދޫ ހުދުވެލި ސަންމޫޒާ ޢަބުދުލް ޣަނީ އަށެވެ. އަދި 3 އަށް ހޮވުނީ ނ.ލަންދޫ ރިލެކްސް ޢަބުދުﷲ ސިހާމެވެ. އޭނާއަށް ލިބުނީ ޕްލާސްޓިކް މަތިޖެހި ތަށިސެޓެކެވެ.

ހަމީދު އިންވެސްޓް މެންޓުން ބުނީ މިސޭލަކީ ރޯދަމަހާ ދިމާކޮށް ކޮންމެއަހަރަކުވެސް އެކުންފުނީގެ ފަރާތުން ލަންދޫގައި ކުރިއަށްގެންދާ ސޭލެއް ކަމަށާއި، އެހެން އަހަރު ތަކެކޭ އެއްގޮތަށް މިއަހަރުވެސް ލަންދޫ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު ތަރުޙީބެއް ލިބުނު ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close