ޚަބަރު

ލުޠުފީ ފިލި މައްސަލައިގެ ދައުވާ އުފުލައިފި

ބޭސްފަރުވާއަށް ކަމަށްބުނެ ރާއްޖޭން ބޭރަށް ފުރައިގެން ގޮސް އެތައްއަހަރެއް ވަންދެން ފިލައިގެން އުޅުނު މައްސަލައިގެ ދައުވާ ބާޣީ ލުޠުފީގެ މައްޗަށް އުފުލައިފިއެވެ.

ނޮވެމްބަރު 3، 1988ގެ އުދުވާނީ ހަމަލާ ރާވައި ހިންގި އެންމެ އިސްމީހާ ކަމުގައިވާ ހ.ހާޖަރާގޭ ބާޣީ ޢަބްދުﷲ ލުތުފީ ޖަލު ހުކުމުގައި ހުއްޓާ ފިލައިގެން ދިޔަ މައްސަލައިގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވަނީ ޔަޤީން ކޮށްދެއްވާފައެވެ.

ފުލުސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން މިނިސްޓަރ ވިދާޅުވީ ލުތުފީ ފިލި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރ ދެއްވާފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮޮށް ދިވެހި ފުލުހުންގެ ޓީމެއްގެ ބެލުމުގެ ދަށުން، ބާޣީ ލުޠުފީ މާލެގެނެސްފައިވަނީ މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ.

ޢުމުރުން 70 އަހަރަށްވުރެ މަތިވެފައިވާ ލުޠުފީ އޭގެ ފަހުން ހުރީ ޖަލަށް ގެންގޮސްފައެވެ. އޭނާ މިހާރު ތަންފީޒު ކުރަމުން ދަނީ ނޮވެންބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން އޭނާގެ މައްޗަށް ކުރި ޖަލު ހުކުމުގެ ބާކީ ބައެވެ.

1988ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ އާއި ގުޅިގެން ލުތުފީގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޛު ކުރަމުންދަނިކޮށް އޭނާ ފިލާފައިވަނީ 2010 ވަނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އޭރުގެ ސަރުކާރުގެ ހުއްދައާއެކު ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ދިއުމަށްފަހުއެވެ. އެނބުރި ޤައުމަށް ނައިސް އޭނާ ފިލާފައިވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ “އިންޓަރޕޯލް” މެދުވެރިކޮށް އޭނާ ހޯދުމަށް “ރެޑް ނޯޓިސް” ވެސް ނެރެފައެވެ.

ފުޠުފީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލައަށް ޙާޒިރުވުމުންނެވެ.

ލުޠުފީއަކީ 1988ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން ޓެރަރިސްޓެވެ. އެއީ އެދުވަހު ދިވެހި ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާދެކޮޅަށް ހަތިޔާރާއެކު ނުކުމެ ބަޣާވާތްކުރި އިސް ބާޣީއެވެ.

އެދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހިންގެ ކުށެއް ނެތް 19 މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތައް ދިވެހިންނެއް ޒަޚަމްކޮށް އެތައް ދިވެހިންނެއް ރަހީނުކޮށްފައިވެއެވެ. މިޢުދުވާނުގައި ލުޠުފީވަނީ ދިވެހިޤައުމަށް ދުވަހަކުވެސް ޢިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުންދީފައެވެ.

މި މައްސަލާގައި ލުތުފީ މަރަން ހުކުމްކުރިއެވެ. އެހެންނަމަވެސް ނޮވެމްބަރު ތިނެއްގެ ހަމަލާ އާއި ގުޅިގެން މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު އޭރުގެ ރައީސް މައުމޫންވަނީ ލުއިކޮށްދެއްވައި އެއަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close