ލަންދޫގައި ސައިކަލެއްގައި ރޯކޮށްލައިފި
ނ.ލަންދޫގައި ރޭ ސައިކަލެއްގައި ރޯކޮށްލައިފިއެވެ. އެސައިކަލްވަނީ ބޭނުންނުކުރެވޭވަރަށް އަނދާފައެވެ.
ރޭ ރޯކޮށްލައިފައިވަނީ ނ.ލަންދޫ ޝަރަފް ސަލީމް ޙުސެއިން ( މެއްޑޯ ) ގެ 125 ވޭވް އެސް، ސައިކަލްގައެވެ. ސައިކަލްގައި ރޯކޮށްލައިފައިވާކަން އެނގުނީ މިއަދު ހެނދުނު ގޭދޮށުގައި ( ޢާއްމުކޮށްސައިކަލް ބަހައްޓާތާންގައި ) ސައިކަލްނެތިގެން ހޯދިއިރު ކުނިގޮނޑަށް ސައިކަލް ގެންގޮސް ސައިކަލްގައި ރޯކޮށްފައިވާ ކަން އެނގުމުންނެވެ.
ގޭދޮށުގައި ސައިކަލް ބަހައްޓާފައި ހުއްޓައި ރޭ ދަންވަރުގެ ވަގުތެއްގައި ސައިކަލްގެންގޮސް ސައިކަލްގައި ރޯކޮށްލައިފައިއެވަނީ ، މެއްޑޯ ނާރެސްއަށް މައުލޫމާތު ދެމުން ބުންޏެވެ. އެއީ މީހަކު ނުވަތަ ބަޔަކު ގަސްތުގައި ގެއްލުން ދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށްވެސް މެއްޑޯ ބުންޏެވެ.
މިހާރު އެމައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އެމައްސަލައިގައި އެއްވެސް މީހަކާ ސުވާލެއް އަދި ކުރިކަމެއް ނޭންގެއެވެ. ނަމަވެސް ސައިކަލްގެ ވެރިފަރާތުންބުނީ އެކަމަށް ތުހުމުތު ކުރެވޭ މީހާގެ ނަން ފުލުހުންނަށް ހުށަހަޅާނެކަމަށެވެ. އަދި އެމައްސަލަ ތަޙްޤީޤުކުރުމުގައި ދޭންޖެހޭ އެއްވެސް މަޢުލޫމާތެއް ދިނުމަށް ފަސްނުޖެހޭނެކަމަށްވެސް ސައިކަލްގެ ވެރިފަރާތުން ބުންޏެވެ.
ލަންދުއަކީ އަލިފާނުގެ މިފަދަ ޙާދިސާތައް ޢާއްމުކޮށް ހިންގާ ރަށެއްކަމުގައި ވީނަމަވެސް ސައިލެއްގައި ރޯކޮށްލި މިއީ ފުރަތަމަ ފަހަރެވެ. އަދި މިކަމާ ރަށުގެ ޢާއްމު ރައްޔިތުންދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.


ވިޔާ ނުދާ މި ފިނޑި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަން
އެރަށުގަ އުޅޭނެ ހުޅުޖަހާ ސޮރެއް. މީހެއްގެ ގޭގަ ހުޅުޖެހި. ސެންޓަރުގަ ހުޅުޖެހި.