ރައީސް ޔާމީނުގެ ނަންފުޅު ނެތި ، އިންތިޚާބު ބޭއްވިޔަކަ ނުދޭނަން: މުންދު
ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ރައީސްޔާމީން ވާދަކުރައްވާނެ ކަމަށާއި، ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށާއި, އެ މަނިކުފާނުގެ ނަން ނުހިމަނައި ރިޔާސީ އިންތިޚާބު ބޭއްވިޔަކަ ނުދެއްވާނެކަމަށް ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުންދު ރޭ ވިދާޅުވީ ރައީސް ޔާމީނަށް އަނިޔާ ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
އަދި އަންނަ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނުގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށާއި, އެ މަނިކުފާނުގެ ނަން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުހިމަނައި އިންތިޚާބު ބޭއްވިޔަކަ ނުދެއްވާނެ ކަމަށެވެ.
ޕީޕީއެމްގެ ސެނެޓުން ވަނީ ރައީސް ޔާމިނަށް ރިޔާސީ ޓިކެޓު އަރުވައިފައެވެ. ނަމަވެސް ރައީސް ޔާމިނު ވިދާޅުވި ގޮތުގައި ވެރިކަމުގެ މަސްއޫލިއްޔަތު އުފުލަން އެ މަނިކުފާނުގެ ޢާއިލާއިން ފުރިހަމައަކަށް ތާއީދެއް ނުކުރައްވައެވެ. އެކަމަކު ކުރިމަތިލެއްވީ ރާއްޖެ އޮތް ހިސާބުން ”ޤައުމީ ކޯލަކަށް” ވެގެން ކަމަށާއި, އަދި ހަވާލުކުރެއްވި ވަރުގަދަ މަސްއޫލިއްޔަތު އުފުލަން މިއަދު މަޖުބޫރުވެއްޖެކަމަށް ވެސް ރައީސް ޔާމިން ވިދާޅުވެފައެވެ.




Mdp people also talk like this on 2018 but you guys don’t listen history will repeat