ޚަބަރު

ނަފްސާނީ ބަލިމީހުންނަށް ފަރުވާދޭ ޚާއްސަ ވޯޑެއް އައިޖީއެމް އެޗްގައި ހުޅުވައިފި

ނަފްސާނީ ބަލިމީހުންނަށް ފަރުވާދޭ ޚާއްސަ ވޯޑެއް އައިޖީއެމް އެޗްގައި ހުޅުވައިފި އެވެ.

މި ވޯޑަކީ، މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

އައިޖީއެމްއެޗްގެ ސެންޓަރ ފޮރ މެންޓަލް ހެލްތުގެ ދަށުން އެނދުމަތިކޮށްގެން ފަރުވާދޭ މީހުންނަށް ޚާއްޞަ ކުރެވިފައިވާ 9 އެނދުގެ މި ވޯޑުގައި ޑީއެސްކެލޭޝަން ކޮޓަރިއަކާއި ބޭރަށް ނިކުމެވޭގޮތަށް ހަދާފައިވާ ޓެރަސް އެއް ހިމެނެއެވެ. މީގެ އިތުރުން ބަލިމީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވުމުގެ ގޮތުން ކަސްރަތުކުރާ މެޝިންތަކެއްވެސް މި ވޯޑުގައި ބެހައްޓާފައިވެއެވެ.

ބަލިމީހުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ އެހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމެއްކަމުގައި އައިޖީއެމްއެޗްއިން ވަނީ ބުނެފައެވެ.

ނަފްސާނީ ބަލިތަކަށް ހާއްސަކޮށްގެން މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ހިދުމަތް ލިބޭނެ ގޮތްތަކަށް ސަރުކާރުން ވަނީ ހަމަޖައްސަފާއެވެ. ރާއްޖޭގެ 5 އަތޮޅަކުން މިހާރު ސައިކޭޓްރިސްޓުންގެ ޚިދުމަތް ލިބޭނެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އަތޮޅުތެރެއަށް ނަފްސާނީ ޞިއްޙަތުގެ ޚިދުމަތް ފޯރުކޮށްދިނުން ނުހަނު މުހިންމުކަމެއް ކަމަށެވެ. އެކަން ދެނެގަނެވުނީ، މި ޚިދުމަތަށް އެދި ވެއިޓް ލިސްޓް ކޮށްފައިވާ މީހުންގެ ޢަދަދުގެ މަތިކަމުންކަމަށް ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close