ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ކައިވެނި ބައްލައްވައިގެންފި
ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ކައިވެނި ބައްލައްވައިގެންފިކަން އޭނާ ހާމަކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، 33 އަހަރުގެ މަބްރޫކް ކައިވެނި ބައްލަވައިގެންފައި ވަނީ ތައިލެންޑް މީހަކާއެވެ. މަބްރޫކް ވަނީ ކައިވެނި ބައްލައިގަތްކަން އޭނާގެ އަމިއްލަ ފޭސްބުކް އައިޑީގައި ހާމަކުރައްވައިފައެވެ. މި ވަގުތު މަބްރޫކް ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
ގިނަ ބައެއްގެ ތެރޭގައި މަބްރޫކް މަޤްބޫލުވެގެން ގޮސްފައި ވަނީ ކޮވިޑް-19އާ އެކު އުފެއްދި، އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނަކަށް ހަމަޖެއްސި ހިސާބުންނެވެ. 2020ވަނަ އަހަރު ކޮވިޑް-19 ރާއްޖެއަށް އައުމާއެކު، ކޮންމެ ދުވަހަކު ނޫސްވެރިންގެ ބައްދަލުވުން ބާއްވައި މަބްރޫކް ވަނީ ނޫސްވެރިންނާ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަނޑަރ ސެކްރެޓަރީގެ މަޤާމުގައި ހުންނެވުމަށް ފަހު، މިއަހަރު ފެށުމާއެކު، މަބްރޫކަށް ވަނީ ރައީސް އޮފީހުގެ ތަރުޖަމާނުކަން ދެއްވައިފައެވެ. އެއާ އެކު، ސަރުކާރާގެ ޚަބަރުތައް ގެނެސްދެއްވުމަށް މަބްރޫކް ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
މީނައަކާ މިމަންޖެ އަކާ އެކަށީގެންނެއް ނުވޭދޯ
Maana aky kae rr ey dhw ekashygen vanee🤣🤣🤣
ރޔާމީން ކުރެއްވި އެއްމެ ކަމެއްވެސް ނތްކަމަށް ވެސް ބުނެލިއްޔާ އަދި މާ ރަނގަޅުވީސް، ދެން ކަންތައް ކުރެވޭ މީހުން ކުރި ކަންތައް އެއްވެސް މީހަކަށް ނުފެނިގެން މި އުޅެނީ ކީއްވެބާ!
އެޔޯ
Sick Maldivian trying to bring others down 🤮🤮🤮🤧