ޚަބަރު

ޢުޔޫނު އިންސްޓިޓިޔުޓުން “ބިނާ”ގެ ނަމުގައި މުޅިން އާ ކުލާސްތަކެއް ފަށަނީ

ޢުޔޫން އިންސްޓިޓިއުޓުން ޖަމްއިއްޔަތުއްސަލަފްއާ ގުޅިގެން “ބިނާ” ގެ ނަމުގައި ކުލާސްތަކެއް ފަށަން އިޢުލާންކޮށްފިއެވެ. ޢުޔޫން އިންސްޓިޓުޔުޓުގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާގޮތުން މިކިލާސްތަކަކީ 3 މަސް ދުވަހުގެ ކޯހެއްގެ ތެރެއިން ކުރިއަށް ގެންދެވުމަށް ހަމަޖައްސަވާފައިވާ ކުލާސްތަކެކެވެ. މިކޯސް ނިމުމުން، ޓެސްޓުކުރެވި ބައިވެރިންނަށް ސެޓްފިކެޓު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިކޯސް ކުރިއަށް ގެންދާނީ އޮންލައިންކޮށް “ޒޫމް” މެދުވެރިކޮށެވެ. ކޯހުގައި ކިޔަވާ ދެއްވުމަށް ހަމަޖެހިފައިވަނީ ތަފްސީރާއި، ޢަޤީދާ އާއި، ފިޤުހު (ތަރިކަ މުދާ ބެހުން)، އަދި ޢަރަބި ބަހާއި، އިސްލާމީ ތަރުބިއްޔަތު މިމާއްދާތަކެވެ. ކިލާސްތައް އޮންނަނީ އާދީއްތައިން ބުދައަށް ކޮންމެ ރެޔަކު 22:00 – 22:45 އަށެވެ. އަދި ހޮނިހިރު ދުވަހު 20:30 – 21:15 އަށެވެ. މިކޯހުގައި ކިޔަވައިދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚު ޙަސަން މޫސާ ފިކުރީއާއި، އައްޝައިޚު އަޙްމަދު ސަމީރާއި، އައްޝައިޚު ނިމާލު މުޙައްމަދާއި، އައްޝައިޚު ޝިހާމު މުޙައްމަދާއި، އައްޝައިޚު މުޙައްމަދު ސިނާނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close