ޚަބަރު

ދުނިޔެ ހޫނުވުމުގެ ނުރައްކާތެރިކަން އެންމެބޮޑީ ދިވެހިންނަށް – އެންވަޔަރަމަންޓް މިނިސްޓަރ

ދުނިޔެއަށް ގެއްލުންވާ އެތައްކަމެއް އެންމެން ކުރަމުންދާއިރު ނިސްބަތުން ރާއްޖެއިން ކުރަމުންދާ މިންވަރު މަދުނަމަވެސް މިކަމުގެ ނުރައްކާ އެންމެ ބޮޑީ ރާއްޖެއަށްކަމަށާއި، އަދި ދިވެހިން ހިމާޔަތްކުރުމަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ނާންނާނެ ކަމަށާ ރާއްޖެ ސަލާމަތްކުރަން މަސައްކަތްކުރަންޖެހޭނީ ދިވެހިންނަށް ކަމަށް އެންވާރަމެންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާލުވެއްޖެއެވެ.

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ގިނަ ކަންތައްތަކެއް ކުރަމުން ދިޔަނަމަވެސް އަދިވެސް އިތުރަށް މިކަމުގައި ކުރެވޭނެކަންކަން އެބަހުރިކަމަށެވެ. އެގޮތުން އުސޫލުތަކާއި ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ރާއްޖޭގެ ކަނޑުތަކަކީ ކަނޑުގެ ދިރުންތަކަށް ރައްކާތެރިތަނަކަށް ހެދުން މުހިއްމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ކަނޑުގެ ދިރުންތައް ނެތެމުންދާކަން ފާހަގަކުރައްވާ ސައިންސްވެރިން ހޯދަމުން ގެންދާ ސައިންޓިފިކް ހަގީގަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ ކަނޑުތަކަށް ލިބޭ ކޮންމެ ގެއްލުމަކީ އިންސާނުންނަށް ލިބޭ ގެއްލުމެއްކަމަށެވެ. ޚާއްސަކޮށް ދިވެހިންގެ އިޤްތިޞާދުގެ ބޮޑުބައެއް ކަނޑަށް ބަރޯސާވެފައިވާއިރު ކަނޑުތަކަށް ލިބޭ ގެއްލުން ސީދާގޮތެއްގައި ދިވެހިންނަށް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިރަސއްމިއްޔާތުގައި މިނިސްޓަރ ޒަހާވަނީ ކަނޑުތަކުގެ ދިރުންތަކާއި ކަނޑުގެ ވެށި ރައްކާތެރިކުރުމަށް ކަނޑުގެ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ އުސޫލުތައް ހަރުދަނާކޮށް ކުރިއަށްއޮތް ޖީލުތަކަށް ގެންގޮސްދިނުމަށް މަސައްކަތްކުރުމަށް ވަޢުދުވެވަޑައިގެންފައެވެ.

މިނިސްޓަރވަނީ ކަނޑުތަކުގެ ރައްކާތެރިކަމަށް މަސައްކަތްކުރުމަށް ކުރިއަށް ނިކުތް މަސްވެރި ދޯނިތަކަށާއި ކުންފުނިތައް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މަސްވެރިންގެ ފަރާތުން ފެނިގެންދިޔަ މިޢަމަލުން އެހެނިހެން ސިނާޢަތްތަކުން ނަމޫނާ ނަންގަވާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ޒަހާވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close