ޚަބަރު

އިޙްޔާ ޕްރޮގްރާމްގައި މިރޭ ތަޤްރީރު ކުރައްވާނީ ކުރީގެ ރައީސް މައުމޫން

ކޮންމެ ރަމަޟާން މަހެއްގައިވެސް އެމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ މަޤްޞަދުގައި އިސްލާމިކް މިނިސްޓްރީން އިންތިޒާމްކުރައްވައިގެން ބާއްވަވާ އިޙްޔާ ޕްރޮގްރާމްގައި މިއަހަރު ފެއްޓެވުމުގެ ގޮތުން މިރޭ ވާހަކަފުޅު ދައްކަވާނީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހުރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ކަމަށް އިސްލާމިކް އެފެއާޒު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒުން އިންތިޒާމްކޮށްގެން ބާއްވާ އިޙްޔާ ޕްރޮގްރާމުގެ ދަށުން މިރޭ ބާއްވާ ޖަލްސާގައި ވާހަކަފުޚު ދެއްކެވުމަށް ހަމަޖެހިފައިވާ މަޢުޟޫއަކީ “ރަމަޟާން މަސް” އެވެ. މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައެވެ.

މިއީ ރައީސް މައުމޫން ސަރުކާރުން ފެށިގެން މެދުނުކެނޑި ކުރިއަށް ގެންދަވާ  ޕްރޮގްރާމެކެވެ.

މައުމޫން ފައުންޑޭޝަނުން ވެސް މިއަހަރު ދީނީ ނަސޭހަތް ދެއްވުމުގެ ޕޮރޮގްމާ ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ނަސޭޙަތް ދިނުމުގެ ތިން ޕްރޮގްރާމް މި ރޯދަމަހު ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު ރޯދަމަހު ރައީސް މައުމޫން ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވުމުން އެފަހަރު އިޙްޔާ ކުރުމުގެ ޖަލްސާއެއް މައުމޫން ފައުންޑޭޝަނަށް ބޭއްވިފައެއް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close