ޚަބަރު

ޔޫއޭއީގެ ނައިބު ރައީސްގެ ފޮޓޯފުޅުން އިންޑިއާގެ އާޓިސްޓެއްގެ ފަންނުވެރިކަން ދައްކާލައިފި

ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ހިޒް ހައިނެސް ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ވޯޑް އާޓް ޕޯޓްރެއިޓް ފޮޓޯފުޅެއް ކުރަހައި އިންޑިއާގެ މަޝްހޫރު ފަންނާނު ނޭހާ ފާތިމާ އޭނާގެ ފަންނުވެރިކަން ދައްކާލައިފިއެވެ.

މިއީ ޝެއިޚް މުހައްމަދު ބިން ރާޝިދަށް އުފަންދުވަހު ހަދިޔާއެއްގެ ގޮތުގައި ވެދުމަށްއެރުވި ފޮޓޯ ފުޅެކެވެ.

އިންޑިއާގެ ދެކުނުގެ ކެރެލާ ސްޓޭޓަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ޒުވާނާ ބުނީ މި ފޮޓޯފުޅު ފުރިހަމަކުރަން ހިތްވަރު ލިބުނީ ކޯޓޭޝަނަކުން އިންސްޕަޔަރ ވެގެން ކަމުގައެވެ.

“އަޅުގަނޑުމެންނަށް، ޔޫއޭއީގައި، ‘ނުކުރެވޭނެ’ ކަމެއް ނެތް؛ އެއީ އަޅުގަނޑުމެންގެ ލެކްސިކޯންގައި ނެތް އެއްޗެކެވެ. މިފަދަ ލަފުޒެއް ބޭނުންކުރަނީ ގޮންޖެހުންތަކާއި ކުރިއެރުންތަކަށް ބިރުގަންނަ މޮޔަ މީހުންނާއި ބަލިކަށި މީހުންނެވެ.”

ޝެއިޚް މުޙައްމަދު ލިޔުއްވާފައިވާ މި ވާހަކަފުޅުގެ ސަބަބުން ފާތުމަގެ މުޅި ޙަޔާތުގައިވެސް ނުފޫޒު ފޯރުވި ކަމަށް އޭނާ ބުންޏެވެ. އަދި މި ފަންނުވެރިކަމުގެ އެއް އެންމެ ބޮޑު ޑްރައިވިންގ ފެކްޓަރަކީވެސް އެއީ ކަމުގައި އޭނާވަނީ ބުނެފައެވެ.

ބޮޑު x44 ފޫޓްގެ މި ފޮޓޯ އުފައްދާފައިވަނީ 400 އަށް ވުރެ ގިނަ ޗާޓް ޕޭޕަރުގައި 200،000 އަށް ވުރެ ގިނަ ފަހަރު ތަކުރާރުކޮށް ލިޔެފައިވާ ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ގެ ނަންފުޅު ލިޔެގެންނެވެ.

“އެއީ ބުރަ މަސައްކަތެއް،” ފާތިމާ އެއްބަސްވިއެވެ. “ބައެއް ދުވަސް ދުވަހު އަހަރެންގެ އަތް ލޭ އޮހޮރި ދުޅަވެފައި ހުރެއެވެ. އެކަމަކު ބެންޑޭޖެއް އޮޅައިގެން ކުރިއަށް ދިޔައީ އެއްވެސް އަރާމެއް ނެތިއެވެ.

މިއީ މަޝްހޫރު ޝަޚުޞިއްޔަތެއްގެ ވޯޑް އާޓް ޕޯޓްރެއިޓެއް ފާތިމާ ހެދި ފުރަތަމަ ފަހަރެއް ނޫނެވެ. ސީއޭ އަށް ވާދަކުރާ މި ޒުވާނާ މީގެ ކުރިން ވަނީ އިންޑިއާގެ އެކްޓަރު ކަމާލް ހަސަން އަށް ވޯޑް އާޓް ޕޯޓްރެއިޓެއް ހަދައި، އޭނާގެ އެޓެމްޕްޓްގެ 5 ރެކޯޑް ހަދާފަ އެވެ. އިންޑިއާ، އޭޝިއާ އަދި ބައިނަލްއަގްވާމީ ރެކޯޑް ފޮތްތަކުގެ އިތުރުން އިތުރު ތިން ރެކޯޑެއް ވެސް އޭނާވަނީ ހާސިލް ކޮށްފައެވެ. އޭނާ ކުރި މަސައްކަތުގެ އަގު ޚުދު އެ އެކްޓަރު ވެސް ވަނީ ވަޒަން ކުރައްވާފަ އެވެ.

އަދި އިންޑިއާގެ އެކްޓަރު މޮހަންލާލްގެ ވޯޑް އާޓެއް ވެސް ވަނީ ހަދައިފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close