26 މާރިޗު 2023

ހަނދުގެ ބައްޓަމަށް ހަދާފައިވާ 5 ބިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް  ތަރައްޤީ ކުރަނީ

English

Dhivehi

ހެލޯ

ހަނދަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބިފައިވަނީ އެންމެ ދިހަވަރަކަށް އިންސާނުންނަށް ކަމަށް ބުނާ ކޮންސެޕްޓުން ފެށިގެން، ޖައިގަންޓިކް ތީމް-ހޮޓަލުން މިވަނީ ދުނިޔޭގައި ފުރަތަމަ ފަހަރަށް އުފައްދާ ހަނދެއްގެ ބައްޓަމަށް ރިސޯޓެއް ތަރައްޤީ ކުރުމުގެ ވިސްނުން ހަޤީޤަތަކަށް ހެދުމުގެ މަގުމަތީގައެވެ.

ކެނެޑާގައި ހުންނަ މޫން ވޯލްޑް ރިސޯޓްސް އިންކް (އެމްޑަބްލިއުއާރު) އިން ފަރުމާކޮށްފައި ވަނީ ހަނދުގެ ބައްޓަމަށް 735 ފޫޓު އުސްމިނުގެ ސްފެރިކަލް ކޮންސްޓްރަކްޝަނެކެވެ. ހަނދުގެ ބައްޓަމަށް ތަރައްޤީ ކުރާ އެއީ ތަފާތު ލަގްޒަރީ ރިސޯޓެކެވެ.

“އެއީ އަގުހެޔޮކޮށް ސައްހަ ސްޕޭސް ޓޫރިޒަމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކަމެއް،” މޫން ވޯލްޑް ރިސޯޓްސްގެ ކޯ ފައުންޑަރު މައިކަލް އާރް ހެންޑަސަން ވިދާޅުވި އެވެ.

އަލަށް ތަޢާރަފްކުރާ މި ކޮންސެޕްޓްގައި މައިގަނޑު އެއްޗަކީ ހަނދުގެ ބައްޓަމަށް ހެދިފައިވާ ސްޕެރިކަލް އެވެ. ހަނދަށް ދިއުމަށްޓަކައި މެހެމާނުން ހޭދަންކުރަންޖެހޭނީ އެންމެ 500 ޑޮލަރެވެ.

ހަނދުގެ ދަތުރުތައް ޝަޓްލްއެއްގައި ކުރިޔަށްދާއިރު، އެ ޝަޓްލް ދަތުރުކުރާނީ އިމާރާތުގެ އެތެރޭގެ ދާއިރާގެ ހުސް ސަރަހައްދުގެ ތެރޭގައެވެ. އޭރުން އިހްސާސްވާނީ ޖައްވުގައި ނުވަތަ ސްޕޭސްގައި ދަތުރުކޮށްފައި ހަނދަށް ދެވޭ އިޙްސާސެވެ. އަދި އޭގެއިތުރުން “ހަނދު” ވެސް ރޭގަނޑު ގަޑީގައި ދިއްލާލެވިފާވާއިރު، ފެންނާނީ ހަގީގީ ހަނދުގެ މަންޒަރުތައް ފެންނަ ފަދައިންނެވެ.

“ހަނދު” ގެ މިމަޝްރޫޢު އަށް އަހަރެއްހާ ދުވަހުގެ ޕްރީ ޑިވެލޮޕްމަންޓް ޕްލޭނިން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ފަހު ހަތަރު އަހަރު ދުވަހުގެ ބިލްޑް އައުޓް ޕްރޮސެސްއެއް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އެތަން ޑިވެލޮޕް ކުރާ ފަރާތުން ބުނެއެވެ.

އެތަން ހެދުމަށް ފަސް ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، އެކުންފުނީގެ ފަރާތުން މިވަގުތު އިތުރު ރިސޯޓްތަކެއް ހެދުމަށް ޓެންޓޭޓިވް ޕްލޭންތަކެއް އެމެރިކާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ސްޕެއިން އަދި ސިންގަޕޫރުގައިވެސް ހުރިކަމަށް ކުންފުނިން ބުނެއެވެ.

ޑުބާއީގައި ތަރައްޤީ ކުރާ “ހަނދު” ގެ މިރިސޯޓް ތަރައްޤީ ކުރާ ރެމް ކޫލްހާސްގެ ޑެލިރިއަސް ނިއުޔޯކްގެ ގުޅުންހުރި ބަޔަކީ ކޮނީ އައިލެންޑާއި ލޫނާ ޕާކުގެ ފަރުމާތަކަށް ޚާއްސަ ބައެކެވެ.

އެމީހުންގެ ކުރީގެ ފަރުމާތަކާއި، ފަހަރެއްގައި ކޮންމެވެސް ވަރަކަށް އެއްގޮތް ކޮންސެޕްޓެއްގެ މި އާ އިޓަރޭޝަން މާލަސްތަކެއް ނުވެ ހަޤީޤަތަކަށް ވެގެންދާނެކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ.

މި ލިޔުން ކިޔާލުމުން

ގުޅޭ ލިޔުންތަށް

ކޮމެންޓް