24 މޭ 2022
އަންގާރަ
މިއަދު

ރާޝިދުގެ ކެމްޕޭނަށް، ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ ލީޑަރޝިޕްގެ ޓީމެއް ފޯކައިދޫއަށް

  • ރައީސް ނަޝީދު ފޯކައިދޫއަށް ވަޑައިގެންނެވީ މިއަދު ހަވީރުއެވެ. ފޯކައިދޫން ވަނީ ރައީސް ނަޝީދާއި އެމްޑީޕީގެ ލީޑަރޝިޕްގެ ޓީމަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ހޮނިހިރު ދުވަހުގެ ރޭ ފޯކައިދޫގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.
  • ރައީސް ނަޝީދު ފޯކައިދޫއަށް ވަޑައިގެންނެވީ މިއަދު ހަވީރުއެވެ. ފޯކައިދޫން ވަނީ ރައީސް ނަޝީދާއި އެމްޑީޕީގެ ލީޑަރޝިޕްގެ ޓީމަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ހޮނިހިރު ދުވަހުގެ ރޭ ފޯކައިދޫގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.

ރާޝިދުގެ ކެމްޕޭނަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ ލީޑަރޝިޕްގެ ޓީމެއް ށ.ފޯކައިދޫއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ފޯކައިދޫއަށް ވަޑައިގެންނެވީ މިއަދު ހަވީރުއެވެ. ފޯކައިދޫން ވަނީ ރައީސް ނަޝީދާއި އެމްޑީޕީގެ ލީޑަރޝިޕްގެ ޓީމަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ހޮނިހިރު ދުވަހުގެ ރޭ ފޯކައިދޫގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.

ރައީސް ނަޝީދުގެ އަރިހުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި، މަޖިލީހުގެ ބައެއް މެމްބަރުންނާއި، އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ބައިވެރިވެޑައިގަންނަވަން އޮތީ ހަމަޖެހިފައެވެ. ނަމަވެސް އެ ރަށަށް ދަތުރުކުރެއްވުމުގެ ކުރިން ހެއްދެވި ޕީސީއާރު ޓެސްޓުގެ ނަތީޖާއިން ކޮވިޑަށް ޕޮޒިޓިވްވުމުން އެމަނިކުފާނު އެ ދަތުރުގައި ބައިވެރިވެވަޑައެއްނުގަންނަވައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހަށެވެ.

އެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރާޝިދަކީ ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫގެ ކައުންސިލް ރައީސްކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ބޭފުޅެކެވެ. އޭނާ އަކީ މިވަގުތު ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.