27 ޖަނަވަރީ 2022
ބުރާސްފަތި
މިއަދު

7 ވަނަ ފަހަރަށް މެސީ ބެލަންޑޯ އެވޯޑް ހޯދައިފި

އާޖެންޓީނާ އާއި ޕީއެސްޖީގެ ތަރި ލިއޮނަލް މެެސީ 7 ވަނަފަހަރަށް ބެލެންޑޯ އެވޯޑް ހޯދައިފި އެވެ.

“ބެލަންޑޯ އެވޯޑު” އަކީ ފްރާންސްގެ މަޖައްލާއަކުން ވަކިވަކި ކުޅުންތެރިންނަށް ދޭ ޝަރަފުވެރި އެވޯޑް އެކެވެ.

މި އަހަރުގެ ބެލަންޑޯ އެވޯޑް މެސީ ހޯދީ މިއަހަރުގެ އެންމެމޮޅު ފޯވަޑުގެ މަގާމު ހޯދި ބަޔާން މިއުނިކާއި، ޕޮލެންޑުގެ ތަރި ރޮބާޓް ލެވަންޑޮސްކީ އާއި ވާދަކޮށްގެންނެވެ.

މި އެވޯޑް މެސީއަށް ލިބުނުއިރު، މެސީއާއި ޖެހިގެން ދެވަނަ މަގާމު ޕޮލެންޑާއި ބަޔާން މިޔުނިކްގެ ތަރި ރޮބަޓް ލެވަންޑޮސްކީ އަށް ލިބުނުއިރު، ތިންވަނަ ލިބުނީ އިޓަލީއާ ޗެލްސީގެ ތަރި ޖޯޖީނިއޯ އަށެވެ.

7 ވަނަ ފަހަރަށް މިއެވޯޑް މެސީ ހޯދިއިރު، އޭނާ އަކީ ފުޓުބޯޅައިގެ ތާރީހުގައިވެސް މިއެވޯޑް އެންމެ ގިނަ ފަހަރަށް ކާމިޔާބުކުރި ކުޅުންތެރިޔާއެވެ. މެސީ އެންމެފުރަތަމަ ބެލަންޑޯ އެވޯޑް އެވޯޑް ހޯދީ 2009 ވަނަ އަހަރުއެވެ. އަދި އެއަށްފަހު 2010،2011،2012 އަދި 2015 ވަނަ އަހަރާއި 2019 ވަނަ އަހަރުވެސް މިއެވޯޑް ހޯދާފައި ވަނީ މެސީ އެވެ.

މި ދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި މެސީ ވަނީ ބާސާގައި މޮޅު ކުޅުމެއް ދައްކާ ސްޕެނިޝް ލީގުގެ 3 ވަނަ މަޤާމު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ އާޖެންޓީނާއާއެކު އެންމެފަހުން ބޭއްވި ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ. މި މުބާރާތް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމުގައި މެސީ މުހިންމު ދައުރެއް އަދާކުރިއިރު، މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހުމުގެ އިތުރުން އެންމެ ގިނަ އެސިސްޓު ވެސް ހަދާފައިވަނީ މެސީއެވެ.

މީގެ އިތުރުން މެސީވަނީ އޭނާގެ ކެރިއަރުގައި އާޖެންޓީނާގެ ގައުމީޓީމަށް ކުޅެ 80 ލަނޑުވެސް ޖަހާފައެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށްފަހު މެސީ ބެލަންޑޯ އެވޯޑް ހޯދިއިރު، އޭނާ އާއިއެކު މި އެވޯޑުގެ ގަދަ ފަހެއްގައި ހިމެނިފައިވަނީ ލެވަންޑޮސްކީ އާއި ޖޯޖީނިއޯގެ އިތުރުން ކަރިމް ބެންޒެމާ އާއި އެންގޯލޯ ކާންޓޭއެވެ.

މެސީއަށް ފަހު މި އެވޯޑު ދެވަނަ އަށް އެންމެ ގިނައިން ހޯދީ ޕޯޗުގަލް އާއި ޔުނައިޠެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ މި އެވޯޑް ފަސް ފަހަރު ހޯދާފައިވެއެވެ. ނަމަވެސް މިފަހަރުވެ މި އެވޯޑްގައި ރޮނާލްޑޯ ލައްވާލީ ލިސްޓުގެ ހަ ވަނާގައެވެ. ލިސްޓުގެ ހަތްވަނަ ލިބުނީ މިސްރާއި ލިވަޕޫލުގެ ތަރި މުހައްމަދު ސަލާހް އަށެވެ.